Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ބައްސާމް އެމްއެމްޕީއާރްސީގެ ޑީއެމްޑީއަކަށް

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ބައްސާމް އާދަމް އައްޔަންކޮށްފި އެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރައްވާތާ 20 އަހަރުވެފައިވާ ބައްސާމަކީ ޓޫރިޒަމް މެނޭޖްމަންޓް ދާއިރާ އިން އެޑްވާންސް ޑިޕްލޮމާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނަ ވަނީ މަޓޯޓާގެ ބޯޑް މެންބަރުކަން ވެސް ކުރައްވައިފަ އެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުމުގެ ޒިންމާ ނަގާ އެމްއެމްޕީއާރްސީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރަކީ ފާތުމަތު ތައުފީގެވެ. އަދި އެ ކުންފުނީގެ ޗެއާމަނަކީ އައިޝަތު ނޫރައިން ޖަނާހެވެ.