Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އާ އަހަރަށް އުރީދޫން ހާއްސަ އޮފާތަކެއް

އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން އުރީދޫން ހާއްސަ އޮފާތަކެއް މިއަދު ތައާރަފްކޮށްފި އެވެ.

އުރީދޫން ބުނީ އާ އަހަރުގެ ދަތުރު ބާރު ދުވެލީގައި ފެށުމުގެ ގޮތުން 5ޖީ، މޯބައިލް އަދި ސުޕާނެޓަށް ހާއްސަ އޮފާތައް އެކްޓިވޭޓް ކުރުމަށް އެދޭ ކަމަށެވެ. އާއަހަރުގެ އޮފާތައް މާދަމާ ރޭ 12 އިން ފެށިގެން ލިބޭނެ އެވެ.

5ޖީ އެކްސްކުލޫސިވް އެޑް-އޮންސް

އާ އަހަރާއި ދިމާކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް 5ޖީ އަށް ހާއްސަ އެކްސްކުލޫސިވް އެޑް އޮންތަކެއް އުރީދޫއިން ވަނީ ތައާރަފްކޮށްފަ އެވެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑްގައި 5ޖީ ބޭނުން ކުރާ ކަސްޓަމަރުންނަށް ވެސް މި އޮފާތައް ބޭނުން ކުރެވޭނެ އެވެ. މިހާރުގެ މިއަގުގައި ހުރި އެޑް-އޮން ތަކުގެ 3 ގުނަ ޑޭޓާ މި އޮފަރ ގައި ލިބޭނެ އެވެ.

5ޖީ ޑޭޓާ 600: 54 ޖީބީ ، 30 ދުވަހަށް 600ރ އަށް
5ޖީ ޑޭޓާ 750: 120 ޖީބީ ، 30 ދުވަހަށް 750ރ އަށް
5ޖީ ޑޭޓާ 1100: 160 ޖީބީ ، 30 ދުވަހަށް 1100ރ އަށް

ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް

ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ހާއްސަ އޮފާތައް އުރީދޫން ވަނީ ތައާރަފްކޮށްފަ އެވެ. އުރީދޫ ނެޓްވާރކުގައި މިއޮފަރތައް ބޭނުންކޮށްގެން މެދުނުކެނޑި ރައްޓެހިންނާއި އާއިލާއާއެކު ގުޅުން ބަދަހިކުރެވޭނޭ ކަމަށް އުރީދޫން ބުނެ އެވެ.

ސޯޝަލް އަންލިމިޓަޑް ޕްލޭން: 24 ގަޑިއިރަށް 24 ޖީބީ، 25ރ އަށް. ސޯޝަލް މީޑީއާ އަންލިމިޓަޑް، އަދި އޫރީދޫ ނަންބަރު ތަކަށް ގުޅުން މުޅިން ހިލޭ.

ސޯޝަލް މީޑިއާ އެޕްތަކުގެ ތެރޭގައި ވީޗެޓް، ވައިބަރ، ވަޓްސްއަޕް، ޓެލެގްރާމް، ސްނެޕްޗެޓް، ޓްވިޓަރ، އަދި އިންސްޓަގްރާމް ހިމެނޭ.

އާޗާ 6 މަހުގެ ޕްލޭން: ދުވާލަކު 4 ޖީބީ، 6 މަހަށް 2024ރ . މުޅިއަކު 720 ޖީބީ

އާޗާ އަހަރީ ޕްލޭން: ދުވާލަކު 1 ޖީބީ، 365 ދުވަހަށް 3000ރ. 1 އަހަރަށް 365 ޖީބީ

ސުޕަރނެޓް އޮފަރ

ސުޕަރނެޓަށް އަލަށް ރެޖިސްޓަރ ކުރާ ފަރާތްތަކުގެ ތެރެއިން، 400ރ އިން މަތީގެ ޕެކޭޖުތައް ގަންނަ ފަރާތްތަކަށް 100ޖީބީ ބޯނަސް ޑޭޓާ ލިބޭ އޮފާއެއް ވެސް އުރީދޫން ވަނީ ތައާރަފްކޮށްފަ އެވެ. މި ޑޭޓާ 3 މަހަށް ބޭނުންކުރެވޭނެ އެވެ.

5ޖީ އެއަރ ފައިބަރ

މި އޮފަރގައި އެއަރފައިބަރ އަލަށް ރެޖިސްޓަރކޮށް 999ގެ ޕެކޭޖަށް ވުރެ މަތިން ނަގާ ކަސްޓަމަރުންނަށް ، އެއަރފައިބަރ ޑިވައިސްއެއް ހިލޭ ލިބުމުގެ ފުރުސަތު އޮންނާނެ އެވެ. މިއީ 5ޖީގެ އެންމެ ހަލުވި ނެޓްވާކާއި ގުޅާލުމަށް ވަރަށް ރަނގަޅު އޮފާއެއް ކަމަށް އުރީދޫން ބުނެ އެވެ.