Last Updated: June 4, 13:43
Thursday, June 4, 2026
ޚަބަރު

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމަކާއެކު އެގައުމަށް ސުނާމީގެ އިންޒާރު ނެރެފިއެވެ.

ޖަޕާނަށް އައި ބިންހެލުމުގެ ބާރުމިނުގައި 7.3 މެގްނިޓިއުޓް ހުރި ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. އަދި މި ބިންހެލުމާއެކު އެ ގައުމުގެ އައްސޭރި ފަށަށް ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ.

ރާއްޖޭގެ މެޓް އޮފީހުން ބުނެފައިވަނީ މި ބިންހެލުމާ ގުޅިގެން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

މިފަހުންވެސް އިންޑިއާ ކަނޑުގެ އެކި ސަރަހައްދުތަކަށް އެކި ވަރުގެ ބިންހެލުންތައް އައިސްފައިވެއެވެ.