Last Updated: July 15, 17:55
Wednesday, July 15, 2026
މުނިފޫހިފިލުވުން

ޖޯން އަގުބޮޑު އާ ގެއެއް ގަނެފި

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޖޯން އަބްރަހަމް މުމްބާއީން އަަގުބޮޑު ގެއެއް ގެނެފި އެވެ.

ކުރިން ވެސް މުމްބާގެ އެންމެ އަގުބޮޑު އެއް ހިސާބު ކަމަށްވާ ބަންޑްރާގައި ސީ ވިއު ވެސް ލިބޭ ގޮތަށް ދެ ބުރީގެ ލަގްޒަރީއެއް ގެއެއް ހުރި އެކްޓަރު މި ފަހަރު ގެއެއް ގަތީ މުމްބާއީގެ ޚާރް އިން ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީޑިއާތަކުން ބުނީ މިއީ 7،722 އަކަފޫޓްގެ ބިމެއްގައި ހުރި ގަނޑުވަރެއް ކަހަލަ ގެއެއް ކަމަށާއި ގޭގެ އަގު 70.83 ކްރޯޑް ރުޕީސް (9 މިލިއަން ޑޮލަރު) އަށް އަރާ ކަމަށެވެ.

މި ގެ ގަތުމުގެ މުއާމަލާތް ނިންމާފައި ވަނީ މިދިޔަ މަހުގެ 27 ގަ އެވެ.

އުމުރުން 51 އަހަރުގެ ޖޯން އަކީ ބޮލީވުޑްގެ ކާމިޔާބު އެކްޓަރެކެވެ. މި އަހަރު ރިލީޒްކުރި ޝާހްރުކް ޚާންގެ "ޕަތާން" ގައި އޭނަ ކުޅުނު ނެގަޓިވް ކެރެކްޓާގެ ސަބަބުން ޖޯންގެ މަޝްހޫރުކަމާއި މަގުބޫލުކަން އިތުރުވެފައިވެ އެވެ. ޖޭއޭ އެންޓަޓައިންމަންޓްގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް ހިންގަމުން އަންނަ އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަ ޑިޕްލޮމެޓް"، "ތެހެރާން"، "ތާރިގު" އަދި "ވޭދާ" ހިމެނެ އެވެ.