ހޮރައިޒަން އެކަޑަމީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ސައުތު ރީޖަން އޮފީސްތަކުގެ ހަ ވަނަ ބެޑްމިންޓަން މުބާރާތް ރޭ ފަށައިފި އެވެ.
މި މުބާރާތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވެވީ އައްޑޫސިޓީގެ މޭޔަރު އަބްދުﷲ ސާދިގެވެ. މުބާރާތް އިފްތިތާހުކޮށް ދެއްވެވީ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރ މުހައްމަދު ޔަސްރިފެވެ.
ކޮކާކޯލާގެ ފަރާތުން ސްޕޮންސާރ ކޮށްފައިވާ މި މުބާރާތުގައި 6 އޮފީހަކުން 7 ޓީމް ބައިވެރި ވެފައިވެއެވެ. މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 27 ގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތަށް ދިރާގުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މިދިޔަ އަހަރުވެސް ހޮރައިޒަން އެކަޑަމީގެ ފަރާތުން ވަނީ ސައުތުރީޖަން އޮފީސްތަކުގެ ބެޑްމިންޓަން މުބާރާތް ކުރިއަށް ގެން ގެންގޮސްފައެވެ.