Last Updated: May 17, 10:32
Friday, May 17, 2024
ޚަބަރު

ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވާލަނީ

ޓެކްސީ ދުއްވާ ޑްރައިވަރުންގެ ދަފްތަރެއް ދަފްތަރެއް އެކުލަވާލުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަށް ދަފްތަރެއް އެކުލަވާލުމަށް ނިންމައި އެމަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ މަސްވެރިކަން، ޓެކްސީ ކުރުން ފަދަ ކަންކަމަކީ ދާއިމީ ގޮތެއްގައި އެ މަސައްކަތް ކުރައްވާ ބައެއް ކަމަށާއި އެހެންނަމަވެސް ރަސްމީ ގޮތެއްގައި ކުރެވޭ މަސައްކަތެއްގެ ސިފަ އެކަންކަމަށް ނުލިބިއޮތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ފަރާތްތަކަށް ވަރަށް މުހިންމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ކަންކަން ނުފުދި ދާކަމަށް ނާޒިމް ވިދާޅުވިއެވެ.

ޑްރައިވަރުންގެ ދަފްތަރެއް އެކުލަވާލުމުން އެފަރާތްތަކަކީ ރަސްމީ ސިފައެއްގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ހެދިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ތަފްސީލީ ކަރުދާހެއް ކެބިނެޓަށް ހުށަހަޅައި މަޝްވަރާކުރެވުނު ކަމަށެވެ.