Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

އެޑިއުކޭޝަންގެ ޕީއެސް ސަންސްޕެންޑްކޮށްފި

މިދިޔަ ސަރުކާރުން ފެށިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަހުމަދު އަލީ މަގާމުން ސަސްޕެންޑްކޮށްފި އެވެ.

އޭނަ އިއްޔެ ސަސްޕެންޑްކުރީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އަމިއްލަ ފަރާތަކުން ހުށަހެޅި ސީރިއަސް މައްސަލަތަކަކާ ގުޅިގެންނެވެ. އެކަމަކު ސަސްޕެންޑްކުރީ މުސާރަ ލިބޭ ގޮތަށް މަސް ދުވަހު މުއްދަތަށެވެ.

އައްޑޫ ހިތަދު އަށް ނިސްބަތްވާ އަހުމަދު އެޑިއުކޭޝަންގެ ޕީއެސްއަކަށް އައްޔަންކުރީ ޖޫން 13، 2019 ގަ އެވެ. ސްކޫލް ހިންގުމުގެ ދާއިރާގައި ވެސް ކުރިން މަސައްކަތްކުރެއްވި އަހުމަދަކީ ކުރިން އިލެކްޝަން ކޮމިޝަން (އީސީ) ގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.