Last Updated: July 23, 13:59
Thursday, July 23, 2026
މުނިފޫހިފިލުވުން

ދަރިޔަކު ހޯދުމުގެ ޕްލޭން އެބައޮތް: ދީޕިކާ

ދަރިއަކު ހޯދުމުގެ ޕްލޭން އެބައޮތް ކަމަށާއި އެކަމާ ބެހޭ ގޮތުން ފިރިމީހާ ރަންވީރު ސިންގްއާ އެކީ ވާހަކަތަކެއް ވެސް ދެކެވެމުން އަންނަ ކަމަށް އިންޑިއާގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ބުނެފި އެވެ.

މި މަހުގެ 25 ގައި ރިލީޒްކުރާ "ފައިޓާ" ގެ ބަތަލާ "ވޯގް ސިންގަޕޯ" އަށް ދިން އިންޓަވިއުއެއްގައި ބުނީ ދަރިއަކު ހޯދަން ދެމަފިރިން ހުރިހާ ގޮތަކުން ވެސް ތައްޔާރުވި އިރަކުން ދަރިން ހޯދާނެ ކަމަށެވެ. އެހެންވެ މިހާރު ވެސް އެ ވާހަކަ ދެކެވޭ ކަމަށާއި އާއިލާ ޕްލޭން ކުރުމަކީ އިސްކަންދޭ ކަމެއް ކަމަށް ބުންޏެވެ.

"އަހަންނާއި ރަންވީރަކީ ވެސް ކުދިން ދެކެ ވަރަށް ލޯބިވާ ދެ މީހުން،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ހުނަރުވެރި ބަތަލާ ބުންޏެވެ. "ވަރަށް ދެކޭ ހިތްވޭ ފެމިލީއެއް ފައްޓާ ދުވަސް."

ދީޕިކާ، 37، އާއި ރަންވީރު، 38، ކައިވެނިކުރީ 2018 ގަ އެވެ. އެ މީހުންގެ ކައިވެންޏަށް މިހާރު ފަސް އަހަރުވެފައިވާ އިރު، ދަރިއަކު ހޯދުމާ ބެހޭ ވާހަކަ އަކީ އާންމުކޮށް މީޑިއާތަކުން ފެންމަތިކުރާ ސުވާލެކެވެ.