Last Updated: June 12, 20:40
Friday, June 12, 2026
ދުނިޔެ

މޯދީ "މަލިކު" ޖަޒީރާގައި، ހާއްސައީ ސްނޯކްލިން!

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ވަގުތު ހުންނެވީ މަލިކު އެކުލެވޭ ޖަޒީރާގަ އެވެ.

އެ ޖަޒީރާ ކުރައްވަމުން ގެންދަވާ "ޗުއްޓީ" ދަތުރުގެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރައްވައި ވިދާޅުވީ ލަމްޝަދީޕަކީ "އެޑްވެންޗަ" އަށް ލޯބިކުރާ ނަމަ ޒިޔާރަތްކޮށްލަން ވަރަށް ހިތްގައިމު ތަނެއް ކަމަށެވެ. އަދި މި ދަތުރުގެ ތެރޭގައި ކުރެއްވި އެންމެ ހާއްސަ ކަމަކީ ސްނޯލްކިން ތަޖުރިބާކުރެއްވުން ކަމަށް މޯދީ ވިދާޅުވި އެވެ.

ދިވެހިރާއްޖެ ގޮތަށް ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ލަކްޝަދީޕަކީ އިންޑިއާގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނެކެވެ. އެކަމަކު މީގެ އެތައް އަހަރެއް ކުރިން އެ ޖަޒީރާ އަކީ ރާއްޖޭގެ ބައެކެވެ. ހާއްސަކޮށް އެ ޖަޒީގައި ހިމެނޭ މަލިކަކީ ދިވެހިންނާ ވަރަށް ބޮޑު ގުޅުމެއް އޮތް ތަނެކެވެ. އެ ރަށުގެ މީހުންނަކީ ދިވެހިންނާ ވަރަށް އެއްގޮތް ދިރިއުޅުމުގެ ވައްޓާފަޅިއެއް އޮންނަ އާބާދީއެކެވެ.

އެ މީހުން ވާހަކަ ދައްކާ ބަހަކީ ދިވެހިންގެ ބަހުރުވައާ ދާދި އެއްގޮތަށް ބަހުރުވައެކެވެ. މީގެ އިތުރުން ސަގާފީ އެތައް ގޮތަކުން މަލިކާއި ރާއްޖެ ވަރަށް އެއްގޮތެވެ. މަލިކަކީ ލަކްޝަދީޕް ޖަޒީރާގައި ހިމެނޭ 36 ރަށުގެ ތެރެއިން އެންމެ ހާއްސަ އެއް ތަނެވެ.