Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

"ހެއްޔާ މަކީޓާ" މުބާރާތަށް ހުޅުވާލައިފި

އެސްޓީއޯ އިން ވިއްކާ "މަކީޓާ" ބްރޭންޑްގެ ޓޫލްސް ބޭނުން ށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް މި އަހަރު ވެސް "ހެއްޔާ މަކީޓާ" މުބާރާތް ބާއްވަން ނިންމައި އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތެކެވެ. އެގޮތުން މުބާރާތުގައި "މަކީޓާ" ގެ ޓޫލްސް ބޭނުންކޮށްގެން ތައްޔާރުކުރާ ވަޑާމުގެ އުފެއްދުންތައް ދައްކައިލާނެ އެވެ. އެސްޓީއޯ އިން ބުނީ މުބާރާތުގެ މަގުސަދަކީ އެ ދާއިރާއިން ވީހާ ވެސް ގިނަ ފަންނުވެރިން މުޖުތަމައުއަށް ނެރެދިނުން ކަމަށެވެ.

"ހެއްޔާ މަކީޓާ" ގެ ވަނަތަކަށް ދޭ އިނާމު:

1 ވަނަ އިނާމު: 50،000ރ. ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާ
2 ވަނަ އިނާމު: 30،000ރ. ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާ
3 ވަނަ އިނާމު: 20،000ރ. ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާ

މުބާރާތުގައި ރަޖިސްޓްރީވުމަށް މަކީޓާ ޝޯރޫމަށާއި އީމެއިލް [email protected] މެދުވެރިކޮށް އަދި 7980240 ނަމްބަރަށް ވައިބާ މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ.

އެ މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ސުންގަޑި އަކީ މި މަހުގެ 25 ގެ ހަވީރު 4:00 އެވެ.

އެސްޓީއޯ އިން ބުނީ މުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާކުރުމަށާއި ހުށަހެޅުމަށް މަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. މިދިޔަ އަހަރު ވެސް މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބުނެވެ.