Last Updated: July 23, 13:59
Thursday, July 23, 2026
ޚަބަރު

ބިޕާޝާ 12 ވަނަ ފަހަރަށް ރާއްޖެ އަށް

އިންޑިއާގެ ބަތަލާ ބިޕާޝާ ބާސޫ އާއި ފިރިމީހާ ކަރަން ސިންގް ގްރޯވާ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.

ބިޕާޝާ އާއި ކަރަން ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) އާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ.

ޔޫތް މިނިސްޓްރީން ބުނިގޮތުގައި މިއީ ބިޕާޝާ ރާއްޖެ އައި 12 ވަނަ ފަހަރެވެ. އަދި އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް ވީހާވެސް ގިނައިން ބިޕާޝާ ރާއްޖެ އައުން ކަމަށްވެސް ޔޫތް މިނިސްޓްރީން ބުނެ އެވެ.

ބިޕާޝާ އާއި ކަރަން ރާއްޖެ އައިސްފައިވަނީ އެމީހުންގެ ދަރިފުޅު ދޭވީއާއެކު އެވެ.

ކައިވެނި ކުރި ފަހުން ބޮލީވުޑުން ގެއްލިފައިވާ ބިޕާޝާ، ކަރަންއާ ކައިވެނިކުރީ 2016 ގަ އެވެ. ކަރަން އަކީ ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު، ބޮލީވުޑަށް ނުކުތް އެކްޓަރެކެވެ.