Last Updated: July 23, 13:59
Thursday, July 23, 2026
މުނިފޫހިފިލުވުން

ރަންބީރް ވެސް ރޯހިތުގެ ކޮޕް ޔުނިވާސް އަށް!

ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ކޮޕް ޔުނިވާސް" އާ ރަންބީރް ކަޕޫރް ވެސް ގުޅި، ފުލުހެއްގެ ކެރެކްޓާގައި އިޝްތިހާރެއް ގެނެސްދީފި އެވެ.

ރޯހިތު ޑައިރެކްޓްކޮށް މިހާރު އާންމު ވެސް ކޮށްފައިވާ މި އިޝްތިހާރަކީ އިންޑިއާގެ މަޝްހޫރު ކުންފުނި ޓާޓާގެ އިންޝުއަރެންސް ގޮފީގެ އިޝްތިހާރެކެވެ. މި އިޝްތިހާރު ގެނެސްދީފައި ވަނީ ރޯހިތުގެ ފިލްމުތަކުގެ ސިގްނޭޗާ ސިފަތައް ކަމަށްވާ ކާރުތައް ވައިގެ ތެރެއަށް ބުރުއްސާލުމާއި ވަރުގަދަ އެކްޝަންތަކަކާ އެކީގަ އެވެ.

މި އިޝްތިހާރަކީ ރޯހިތާ އެކީ ރަންބީރް ކުރި ފުރަތަމަ މަސައްކަތެވެ.

ރޯހިތުގެ ކޮޕް ޔުނިވާސްގެ ކެރެކްޓާތަކުގެ ތެރޭގައި ހިމެނެނީ އަޖޭ ދޭވްގަންގެ "ސިންގަމް" އާއި ރަންވީރު ސިންގްގެ "ސިމްބާ" އާއި އަކްޝޭ ކުމާރުގެ "ސޫރިއަވަންޝީ" ގެ އިތުރުން މި މަހުގެ 19 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" ގައި ސިދާތު މަލްއުތުރާ ކުޅުނު ކަބީރް މަލިކްގެ ކެރެކްޓާ އެވެ.

ރޯހިތު މިހާރު އަންނަނީ "ސިންގަމް" ގެ ތިން ވަނަ ބައި "ސިންގަމް އެގެއިން" ހަދަމުންނެވެ. މި ފިލްމު މި އަހަރުގެ އޮގަސްޓް 14 ގައި ރިލީޒްކުރާނެ އެވެ.

ރަންބީރްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "އެނިމަލް" އެވެ.