މަނީ ލޯންޑްރިން އާއި ކޮރަޕްޝަންގެ ކުށް ސާބިތުވެ ޖަލު ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ގުއަޓަމާލާގެ ކުރީގެ ރައީސް އަޓޯ ޕެރޭޒް އަށް އަހަރު ފަހުން ގޭބަންދަށް ބަދަލުކޮށްފި އެވެ.
ދެހާސް ފަނަރަ އިން ފެށިގެން ޖަލު ހުކުމް ތަންފީޒު ކުަރއްވަމުން ގެންދެވި ޕެރޭޒް، 78، ގޭބަންދަށް ބަދަލުކުރީ އިއްޔެ އެވެ. މީޑިއާތަކުން ބުނީ އޭނަ އަށް ގޭބަންދުގެ ފުރުސަތު ދިނީ ފާއިތުވި އަށް އަހަރު ޖަލުގައި ހޭދަކުރެއްވި އިރު، އުޅުމަށް އައިސްފައިވާ ހެޔޮ ބަދަލުތަކަކާ ގުޅިގެން ކަމަށެވެ. އެކަމަކު ގޭބަންދަށް ބަދަލުކުރީ ބޮންޑަށް 38،000 ޑޮލަރު ނެގުމަށް ފަހު އެވެ.
ގުއަޓަމާލާގެ ރައީސްކަން 2012-2015 އަށް ކުރެއްވި ޕެރޭޒަށް ޖުމްލަ 24 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ. އޭނަ ޖަލަށްލީ ވެރިކަމުގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަސްޓަސްގެ ތެރޭގައި ހިންގި ހިޔާނާތާއި މަނީ ލޯމްޑްރިންގެ ކުށް ސާބިތުވެގެންނެވެ.
ޕެރޭޒް އިސްކޮށް ހުންނަވައިގެން ކަސްޓަމްގެ ތެރޭގައި ހިންގި ހިޔާނާތުގެ ތެރޭގައި ދައުލަތު ބަޖެޓަކުން 3.5 ޑޮލަރު މިލިއަން ޑޮލަރު ގެއްލިފައިވެ އެވެ.

މި ހިޔާނާތާ ގުޅިގެން ޕަރޭޒްގެ އިތުރުން އޭނަގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ރޮޒާނާ ބަލްޓެޑީ، 61، ވެސް ޖަލަށް ލާފައިވެ އެވެ.
ޕެރޭޒްގެ މައްޗަށް ކުރެވުނު ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާ ގުޅިގެން އޭނަގެ އިސްތިއުފާ އަށް ގޮވާލައި އެތައް ބަޔަކު މުޒާހަރާކުރުމުން 2015 ގައި އިސްތިފާ ދެއްވި އިރު، އޭރު ދައުރު ހަމަވާން އޮތީ ހަތަރު މަހެވެ.