މިދިޔަ މަހުން ފެށިގެން އޮލިމްޕަހުގައި ދައްކަމުން އަންނަ ފިލްމު "ނޮވެމްބާ" ގެ ޝޯތައް މިރޭ ނިންމައިލަން ހަމަޖެހިއްޖެ އެވެ.
ޑާކް ރެއިން އެންޓަޓައިންމަންޓްގެ މި އަސަރު ގަދަ ލޯބީގެ ފިލްމު ޕްރީމިއާކުރީ މިދިޔަ މަހުގެ 4 ގަ އެވެ. އޮލިމްޕަހުގައި "ނޮވެމްބާ" ގެ ވަދާއީ ޝޯ މިރޭ ދައްކާ އިރު، މި ފިލްމު ބައެއް ރަށްރަށުގައި ވެސް ދައްކާފައިވެ އެވެ. ޑާކް ރެއިނުން ބުނީ ފިލްމު އަޅުވައި ދޭން ރިކްއެސްޓް އަންނަ ވަރަކުން ރަށްރަށުގައި ފިލްމު އަޅުވަމުން ދާނެ ކަމަށެވެ.
"ނޮވެމްބާ" އަކީ އަލީ ޝިފާއު (ޗިއްޕެ) އާއި ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އަންހެނުން އައިޝަތު ފުއާދު ތައުފީގު ޑައިރެކްޓްކުރި އެއްޗެކެވެ. މި ފިލްމު ގެ ލީޑް ރޯލު ކުޅުނީ މަރިޔަމް މަޖުދާ (މަޖޫ) އާއި ޖުމައްޔިލް ނިމާލު (ޖުމަލް) އެވެ. އަދި ފިލްމުގެ ވަރަށް ހާއްސަ ރޯލެއް ކުރީގެ މަޝްހޫރު އެކްޓަރު އިސްމާއީލް ވަޖީހު ވެސް ކުޅުނެވެ.
"ނޮވެމްބާ" ގެ ވަދާއީ ޝޯ މިރޭ ދައްކާ އިރު މާދަމާ ރޭ "މީ އިޝްގު" އޮލިމްޕަހުގައި ޕްރީމިއާކުރަން ހަމަޖެހިފައިވެ އެވެ. މިއީ އަޒްހާން އިބްރާހީމް ޑައިރެކްޓްކޮށްފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.