ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރޫން ދަވަން ފިލްމެއްގައި ވިލަންގެ ރޯލު ކުޅެން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މިއީ "ޑެޑްލީ" ގެ ނަމުގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދަން ނިންމާފައިވާ ފިލްމެއް ކަމަށާއި ފިލްމުގެ ޑައިރެކްޓަރަކީ ރާޖް މެހެތާ ކަމަށެވެ. އޭނަ އަކީ މިދިޔަ އަހަރު ރިލީޒްކުރި ވަރޫންގެ "ޖުގް ޖުގް ޖިއޯ" ގެ އިތުރުން ދަރުމާގެ "ސެލްފީ" އާއި "ގުޑް ނިއުސް" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.
މީޑިއާތަކުން ބުނީ "ޑެޑްލީ" ގެ ލީޑް ތަރިންނަކީ ޓައިގާ ޝްރޮފާއި ވަރޫން ޖާންވީ ކަޕޫރް ކަމަށެވެ. މި ދެ ތަރިން އަދި މިހާތަނަށް އެކީގައި ފިލްމެއްގެ މަސައްކަތްކޮށްފައެއް ނުވެ އެވެ. އެކަމަކު މިދިޔަ އަހަރު ޖާންވީ އާއި ވަރޫން އެކީގައި "ބަވާލް" އިން ފެނިގެން ގޮސްފައިވެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ޑެޑްލީ" އަކީ ކުޅަދާނަ ޑައިރެކްޓަރު އަނޫރާގް ކޭޝަޕްގެ ކޮންސެޕްޓަކަށް ހަދަން ނިންމާފައިވާ އެކްޝަން ތުރިލާއެކެވެ. އެކަމަކު މިއާ ބެހޭ އެއްވެސް މައުލޫމާތެއް ދަރުމާ އިން އަދި ނުދެ އެވެ.