އެމެރިކާގެ ޑިފެންސް ސެކެޓްރީ ލޮއިޑް އޮސްޓިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.
ޕެންޓަގަން އިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ވޮލްޓާ ރީޑް މިލިޓަރީ މެޑިކަލް ސެންޓަރުގައި އެޑްމިޓްކޮށްގެން އޮސްޓިން އަށް ފަރުވާ ދެމުން އަންނަނީ ސިއްހީ ފަރުވާއަކަށް ފަހު ދިމާވި ކޮމްޕްލިކޭޝަނެއްގެ ސަބަބުން ކަމަށެވެ. އޮސްޓިން ހޮސްޕިޓަލުން ދޫކޮށްލާނެ އިރެއް ޕެންޓަގަން އިން ހާމަކޮށްފައި ނުވާއިރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.
އަދި ޑިފެންސް ސެކެޓްރީގެ ޒިންމާތައް އަދާކުރަން ޖެހިއްޖެ ހާލަތެއްގައި ޑެޕިއުޓީ ޑިފެންސް ސެކެޓްރީ ކެތްލީން ހިކްސް ހުންނެވީ އެކަމަށް ތައްޔާރަށް ކަމަށްވެސް ބުނެފައިވެ އެވެ.
އޮސްޓިން ،70، އަކީ އެމެރިކާގެ އަސްކަރިއްޔާގައި 41 އަހަރު ވަންދެން ހިދުމަތް ކުރި ފަރާތެކެވެ. އެމެރިކާގެ އަސްކަރިއްޔާ އިން އޮސްޓިން ރިޓަޔާ ކުރެއްވީ 2016 ގަ އެވެ.