Last Updated: July 17, 15:06
Friday, July 17, 2026
މުނިފޫހިފިލުވުން

އެކްޓަރަކު ދެ ދަރިންނާ އެކީ މަރުވެއްޖެ!

"ސްޕީޑް ރޭސާ" އާއި "ވަލްކީރީ" ފަދަ މަގުބޫލު ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ހޮލީވުޑްގެ އެކްޓަރު ކްރިސްޓިއަން އޮލިވާ އާއި އޭނަ ދެ އަންހެން ދަރިން ދަތުރުކުރި ޕްރައިވެޓް މަތިންދާބޯޓެއް ވެއްޓި އެ މީހުން މަރުވެއްޖެ އެވެ،

މީޑިއާތަކުން ބުނީ މި ހާދިސާ ބުރާސްފަތި ދުވަހު ހިނގީ ސެއިންޓް ވިންސެންޓުން ސެއިންޓް ލޫޝިއާ އަށް ކުރ ދަތުރުގައި ކަމަށެވެ. އޮލިވާ އާއި އޭނަގެ ދެ އަންހެން ދަރިން ޖަމަށްވާ އަނިކް، 12، އާއި މަޑިޓާ، 10، ގެ އިތިުރުން ބޯޓްގައި އިނީ އޭގެ ޕައިލެޓެވެ.

ބޯޓް ވެއްޓުނީ ކަނޑަށެވެ. އަދި އެ މީހުންގެ ހަށިތައް ނަގައި، މިހާރު ވަނީ ޕޯސްޓްމޯޓަށް ފޮނުވައިފަ އެވެ.

ކަމާބެހޭ އިދާރާތަކުން މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، ބޯޓް ވެއްޓެން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. މިކަމާ ބެހޭ ގޮތުން އީސްޓަން ކެރީބިއަން ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ ހާދިސާއާ ބެހޭ ހުރިހާ މައުލޫމާތެއް އެއްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މީގެ ތިން އަހަރު ކުރިން ކައިވެނި ރޫޅިފައިވާ ޖަރުމަނަށް އުފަން އޮލިވާ، 51، ގެ ފިލްމުތަކުގެ ތެރޭގައި "ދަ ގުޑް ޖާމަން"، "ސަބްޖެކްޓް ޓޫ"، "ވޯޓާކަލާސް" އަދި "ރެޑީ އޯ ނޯޓް" ހިމެނެ އެވެ. ނެޓްފްލިކްސްގެ ސީރީޒް "ސެންސް8" ގައި ވެސް އޭނަ މުހިއްމު ރޯލެއް ކުޅެފައިވެ އެވެ.