ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީ ކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްސީއެލް) އިން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނެނީ 11،345 އަކަފޫޓުގެ ޕެސެންޖާ ޓާމިނަލެއް ހެދުމާއި
ފެސެންޖަ ޓާމިނަލް ސަރަހައްދުގައި ޝޭޑިންއެއްލުމާއި މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލްގެ ސްޓްރަކްޗާ އަށް ގެންނަންޖެހޭ ބަދަލުތަށް ގެނައުމުގެ އިތުދަށް ޕެސެންޖަރުންނަށް ދޭ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ތަންތަން ގާއިމު ކުރުމެވެ.
އާރްއޭސީއެލް އިމް ބުނީ ކުޅުދުއްފުށި އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދާނީ އެ ކުންފުނީގެ ކޮންސްޕްޓާއި ކުރެހުމާ އެއްގޮތަށް ކަމަށެވެ.
މި އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރި އެެއާޕޯޓެކެވެ. އެ އެއާޕޯޓް އޮޕަރޭޝަނަށް ހުޅުވީ އޮގަސްޓް 9، 2019 ގަ އެވެ.