Last Updated: July 23, 13:11
Thursday, July 23, 2026
މުނިފޫހިފިލުވުން

އަމީތާބް އުޅުނީ ފަތާފައި އެމެރިކާ އަށް ދާން!

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަމީތާބް ބައްޗަން ސޯޝަލް މީޑިއާގައި އާންމުކުރި މަޖާ ޕޯސްޓަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

އުމުރުން 81 އަހަރުގެ އެކްޓަރު މޫދަށް އެރި އުޅެނިކޮށް ނަގާފައިވާ ފޮޓޯއެއް ހިމަނައި އިއްޔެ އާންމުކުރި ޕޯސްޓްގައި އިނީ އޭނަ އާއި ގައިޑަކާ ދެމެދު ދެކެވުނު ކުޑަ ވާހަކަ ކޮޅެކެވެ. އޭގައި އަމީތާބް ގައިޑަށް ގޮވާފައި އަހަނީ އެމެރިކާ އޮތީ އަދި ކިހާ ދުރުމިނެއްގައިތޯ އެވެ. ޖަވާބުގައި ގައިޑް ބުނީ "އަނގަ މައިތިރިކޮށްގެން އޮވެ ފަތާށޭ" އެވެ.

އަމީތާބްގެ މި ޕޯސްޓުން ދޭހަވި މަޖާޒީ މާނަ އަކީ އޭނަ "ފަތާފައި އެމެރިކާ އަށް ދާން އުޅުމުން" ގައިޑް އޭނަ ސައިޒްކޮށްލިކަމެވެ. މި ޕޯސްޓަށް 248،500 އަށް ވުރެ ގިނަ ލައިކްސް ލިބިފައިވާ އިރު، އެކި މީހުން މަޖާ ކޮމެންޓްތައް ވެސްކޮށްފައިވެ އެވެ.

އަމީތާބަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް މީހެކެވެ. އެގޮތުން އިންސްޓަގްރާމާއި ފޭސްބުކާއި އެކްސްގެ އިތުރުން އަމިއްލަ ބްލޮގްގައި ވެސް އޭނަ ވަރަށް ހަރަކާތްތެރި އެވެ.