Last Updated: May 17, 11:50
Friday, May 17, 2024
ޚަބަރު

މާލޭ ޖަލު ބަންދުކޮށްފި

މާލޭ ޖަލު ބަންދު ކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފައިވަނީ މިއަދުން ފެށިގެން މާލޭ ޖަލު ބަންދު ކޮށްފައިވާ ކަމަށެވެ.

މާލޭ ޖަލު ބަންދުކޮށްފައިވަނީ މި ޖަލާއި ޖެހިގެން އިމާރާތް ކޮށްފައިވާ ދަރުމަވަންތަ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެ ތަނުގައި ޖަލެއް ހުރުމުގެ ސަބަބުން ނުރަނގަޅު އަސަރުކުރަމުން އަންނަކަމަށް ބުނެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބިމުގައި ގާއިމުކޮށްފައިވާ މާލޭ ޖަލު، ސަރުކާރުގެ ޕޮލިސީތަކާ އެއްގޮތަށް ބަންދުކޮށްފައިވާއިރު، އާންމުންނަށް ފޯރުކޮށްދެމުން އައި ހިދުމަތްތައް 12 ޖެނުއަރީ 2024ގެ ނިޔަލަށް އެ އިމާރާތުގެ ކައުންޓަރުން ލިބޭނެ ކަމަށްވެސް ކަރެކްޝަންސްއިން މައުލޫމާތުދީފައިވެއެވެ.

މާލޭ ޖަލު ހުސްކުރުމަށް އެ ޖަލުގައި ތިބި ގައިދީން ބަދަލުކޮށްފައިވަނީ މާފުށި ޖަލަށާއި އައްސޭރި ޖަލަށެވެ.