Last Updated: May 17, 10:57
Friday, May 17, 2024
ޚަބަރު

އެތެރެކުރަން އުޅަނު ޑްރަގްސް އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފައިވަނީ މި ތަކެތި އަތުލައިގަނެފައިވަނީ ޖެނުއަރީ 2 ވަނަ ދުވަހު ކަމަށެވެ.

އެގޮތުން ޕޯސްޓް މެދުވެރިކޮށް ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރަމުންދިޔައިރު އޭގެތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ޗެކްކުރުމުގެ ތެރޭގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން ފެނިފައިވާ ކަމަށެވެ. އެގޮތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 1.132 ކިލޯ ހުރިކަމަށް މައުލޫމާތު ދީފައިވެއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، އަތުލައިގަނެފައިވާ މަސްތުވާތަކެތި އަދި މި ޕެކޭޖް ބަލާ ކަސްޓަމްސްއަށް އައި 20 އަހަރުގެ ދިވެހި ފިރިހެން މީހާ ފުލުހުންގެ ހިދުމަާއި ހަވާލުކޮށްފައިވާކަމަށެވެ.