Last Updated: May 17, 06:51
Friday, May 17, 2024
ޚަބަރު

ތަރައްގީއަކީ ވަކި މީހެއްގެ ވެރިކަމަށް ހުއްޓިފައިވާ ކަމެއް ނޫން

ކުރީގެ ރައީސް އަބްދުالله ޔާމީން އަދި އަބްދުއްރަހީމް އަބްދުالله - ފޮޓޯ: ސަން

ޤައުމެއްގެ ތަރައްގީއަކީ ވަކި ބޭފުޅެއްގެ ވެރިކަމުގެ މައްޗަށް ހުއްޓިފައިވާ ކަމެއްނޫން ކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގައުމެއްގެ ތަރައްގީއަކީ ވަކި ބޭފުޅެއްގެ ވެރިކަމުގެ މައްޗަށް ހުއްޓިފައިވާ ކަމެއްނޫންކަން ފެންނަމުންދާ ކަމަށެވެ.

ގައުމަކަށް ބޭނުންވަނީ ތެދުވެރިކަމާ އިޚްލާސްތެރިކަމާއެކު، ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައިގެން ވެރިކަން ކޮށްދެއްވާނެ ވެރިއެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ރައީސް ޑރ. މުއިއްޒުގެ ފަރާތުން ފެންނަމުންދަނީ މި ދެންނެވި ސިފަތައް." އަބްދުއްރަހީމް ވިދާޅުވިއެވެ.

ތަރައްގީއަކީ ވަކި ބޭފުޅެއްގެ ވެރިކަމުގެ މައްޗަށް ހުއްޓިފައިވާ ކަމެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މި ސަރުކާރާއި ދެމެދު ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. އެގޮތުން ރައީސް ޔާމީން އިސްވެ ހުންނަވާ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، ރައީސް ޔާމީންގެ އަރިހުގައި މިހާރު ތިއްބެވި ބޭފުޅުން ގެންދަނީ ސަރުކާރަށް ނުހަނު ބޮޑަށް ފާޑުކިޔަމުންނެވެ.