އާރްބީ ލައިޕްޒިގަށް ކުޅެމުން އައި ޖަރުމަނު ގައުމީ ޓީމުގެ ފޯވާޑް، ޓިމޯ ވާނާ ލޯން އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމަށް ބަދަލުވެއްޖެ އެވެ.
ޗެލްސީ އަށް ކުރިން ކުޅުނު ވާނާ ،27، ޓޮޓެންހަމަށް ބަދަލުވީ މި ސީޒަނުގެ ނިޔަލަށެވެ.
ވާނާ ޓޮޓެންހަމަށް ބަދަލުވިއިރު އޭނާ މިވަގުތު ހުރީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫނެވެ. އެގޮތުން މި ސީޒަނުގައި ކުޅުނު 14 މެޗުގައި ވާނާ އަށް ކާމިޔާބު ކުރެވުނީ އެންމެ ދެ ގޯލެވެ.
ޗެލްސީން 2020 ވަނަ އަހަރުގެ ޖޫން މަހު ވާނާ ގެނައީ 55 މިލިއަން ޑޮލަރުގެ އަގެއްގަ އެވެ. ނަމަވެސް އޭގެ ދެ އަހަރު ފަހުން ވާނާ ވަނީ 33 މިލިއަން ޑޮލަރުގެ ފީއެއްގައި އަލުން ލައިޕްޒިގަށް ބަދަލުވެފަ އެވެ.
ޗެލްސީގައި ވާނާ ހޭދަކުރި ދެ އަހަރުތެރޭ އޭނާ ވަނީ އެ ކްލަބާއެކު ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްފަ އެވެ.
ޓޮޓެންހަމް މިވަގުތު އޮތީ ޕްރިމިއާ ލީގުގެ ފަސްވަނައިގައި ކަމަށްވާއިރު، ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ.