Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ދިރާސީ ކަލަންޑަރަށް ބަދަލުތަކެއް އަންނަނީ!

ކުރިއަށް ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވާނެތީ ދިރާސީ ކަލަންޑަޑަރަށް ބަދަލުތަކެއް އަންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ޕީއެސްއެމްގައި މިނިސްޓަރު ޑރ. އިސްމާއީލް ޝަފީގު ވިދާޅުވީ އެ ބަދަލުތަައް މި ހަފުތާގައި އިއުލާން ކުރާނެ ކަމަށެވެ.

"މިހާރު ވެސް ވާނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސްޕަލުންނާ ބައްދަލުކޮށް ކަލަންޑަރަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި. އެންއައިއީ އާއެކު، ކަމާގުޅޭ އެޑިއުކޭޝަން މިނިސްޓްރީގެ އެހެނިހެން ޓީމްތަކާއި އެސްއޭގެ ޓީމްތަކާއެކު ވަނީ މަޝްވަރާކޮށްފައި." މިނިސްޓަރު ވިދާޅުވި އެވެ.

ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ އަށް ފަހު، ދެވަނަ ޓާމަށް ސްކޫލްތައް ހުޅުވީ މިއަދެވެ. މިއަދު ދެވަނަ ޓާމް ފެށި އިރު، ސްކޫލްތަކުގެ އެސެމްބްލީގައި ވަނީ ގައުމީ ސަލާން ކިޔަން ފަށައިފަ އެވެ. ދިރާސީ ކަލަންޑަރުގައި ވާ ގޮތުން މި ޓާމްގައި ކިޔަވައި ދޭނީ 108 ދުވަހު އެވެ. އަދި ދެވަނަ ޓާމަށް ސްކޫލްތައް ބަންދުވާނީ ޖޫން 13 ގަ އެވެ. ފުރަތަމަ ޓާމްގައި 93 ދުވަހު ކިޔަވައި ދިނެވެ. އެވެ.

މި އަހަރުގެ ރޯމަ މަސް ކުރިމަތިވަނީ އަންނަ މާޗް މަހުގެ ކުރީކޮޅު އެވެ. ރޯދައިގެ ފަހު 10 ގައި ސަރުކާރު ބަންދުކުރާ ގޮތަށް ނިންމީ އެ މާތް ދުވަސްތަކުގެ އަޅުކަމުގައި ގިނަ ވަގުތު އުޅެވޭނެ މަގު، މުވައްޒަފުންނަށް ފަހިކޮށް ދިނުމުގެ ގޮތުންނެވެ.