Last Updated: May 17, 07:03
Friday, May 17, 2024
ޚަބަރު

ހަސަންޓޭ އެމްޑީޕީ ދޫކޮށް ޕީއެންސީއަށް

އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) އެމްޑީޕީ ދޫކޮށް، ޕީއެންސީއަށް ސޮއި ކޮށްފިއެވެ.

މިކަން ހާމަކޮށް މެންބަރު ހަސަން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުއާއިއެކުު ކުރިއަށްދިއުމަށް ނިއްމައިފައިވާ ކަމަށެވެ.

"ތެދުވެރިކަމާއި އިހްލާސްތެރިކަމާއިއެކު ޕީއެންސީ އާއިއެކު ހުންނާނެވާހަކަ ދަންނަވަމެވެ." ހަސަންގެ ޕޯސްޓްގައި ވެއެވެ.

މެންބަރު ހަސަން ވެރިކަންކުރާ ޕީއެންސީއަސް ސޮއިކޮށްފައިވާއިރު މިފަހުން އެމްޑީޕީއަށް ނިސްބަތްވާ 13 މެންބަރަކު ވެސް ވަނީ ޕީއެންސީއަށް ސޮއި ކޮށްފައެވެ. އެގޮތުން ޕީއެންސީއަށް ސޮއިކުރި އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ހިމެނެނީ، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނިހާދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް، އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް، ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަކީމް، މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު، މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ)، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ، ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދު، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޝާޒްއެވެ.