މިދިޔަ އަހަރުގެ ނޮވެމްބަރު ރިލީޒްކުރި ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ ފިލްމު "ޓައިގާ 3" އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ފަށައިފި އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ މި ފިލްމަކީ ސްޓޫޑިއޯގެ ސްޕައި-ޔުނިވާސްގެ ފަސް ވަނަ ފިލްމެވެ. ނޮވެމްބަރު މަހުގެ 12 ގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި 466.63 ކްރޯޑް ރުޕީސް (56.1 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި "ޓައިގާ 3" ހެދީ 300 ކްރޯޑް ރުޕީސް (36.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ "ބޭންޑް ބާޖާ ބާރާތު" އާއި "ފޭން" ގެނެސްދިން މަނީޝް ޝަރުމާ އެވެ.
"ޓައިގާ" ފްރެންޗައިޒްގެ ފުރަތަމަ ފިލްމަކީ ކަބީރު ޚާން ޑައިރެކްޓްކޮށް 2012 ގައި ގެނެސްދިން "އޭކް ތަ ޓައިގާ" އެވެ. އަދި މީގެ ދެވަނަ ބަޔަކީ އަލީ ޒަފަރު އައްބާސް 2017 ގައި ގެނެސްދިން "ޓައިގާ ޒިންދާ ހޭ" އެވެ.