Last Updated: May 2, 17:02
Thursday, May 2, 2024
ޚަބަރު

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފައްދަނީ

ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ޑިވޮލޮޕްމަންޓް ބޭންކެއް އުފެއްދުމާމެދު މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކެބިނެޓް ބައްދަލުވުމަށް ވަދެވަޑައިގަންނަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ވަރަށް މުހިންމު ކަންތައްތަކެއް އެޖެންޑާ ކުރެވިފައިހުރި ކަމަށެވެ.

އެގޮތުން ރާއްޖޭގައި ޑިވޮލޮޕްމަންޓް ބޭންކެއް އުފެއްދުމާމެދު މަޝްވަރާކުރައްވާނެ ކަމަށާއި، އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް ބޭނުންކުރުމުގައި ހުރި ހުރަސްތައް ނައްތާލުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭގޮތުންނާއި، ސޯޝަލްހައުސިންއަށް ކެޓަގަރީއެއް ތައާރަފް ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ރައީސް މުއިއްޒުގެ ކެބިނެޓްގައި ތިއްބަވަނީ 22 ވަޒީރުންނެވެ.

ރައީސް އޮފީހުން ގެންދަނީ ކޮންމެ ހަފްތާއަކު ކެބިނެޓްގެ ނިންމުންތައް މީޑިއާއަށް ހިއްސާ ކުރުމަށް ނޫސްވެރިންގެ ބައްދަލުވުންތައްވެސް ކުރިއަށް ގެންދަމުންނެވެ.