މިދިޔަ އަހަރު ރިލީޒްކުރި ޑިޒްނީގެ ލައިވް-އެކްޝަން ފިލްމު "ލިޓްލް މާމެއިޑް" ގެ ބަތަލާ ހެލީ ބެއިލީ އަށް ދަރިއަކު ލިބިއްޖެ އެވެ.
އަލަށް ލިބުނު ދަރިފުޅުގެ އަތުގައި ހިފައިގެން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށް، 23 އަހަރުގެ ބަތަލާ ބުނީ ލިބުނީ ފިރިހެން ދަރިއެއް ކަމަށާއި ކުއްޖާގެ ނަމަކީ ހާލޯ ކަމަށެވެ. ޕޯސްޓުން އެނގޭ ގޮތުގައި ކުއްޖާ އުފަންވީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ހެލީގެ މި ޕޯސްޓް އޭނަގެ ބައިވެރިޔާ، ރެޕާ ޑީޑީޖީ، 26، ވެސް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ. އޭނަ ބުނީ މިހާތަނަށް ލިބުނު އެންމެ ބޮޑު އުފަލަކީ ފިރިހެން ދަރިޔަކު ލިބުން ކަމަށެވެ.
ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ބުނީ ހެލީ މިދިޔަ އަހަރު ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި "ދަ ލައިން" އާއި "ދަ ކަލަ ޕާޕަލް" ވެސް ހިމެނެ އެވެ. އޭނަ ޓައިޓްލް ރޯލު ކުޅުނު "ލިޓްލް މާމެއިޑް" އަކީ 240.2 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި، ބޮކްސް އޮފީހުގައި 569.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެވެ.
ބަތަލާއެއްގެ އިތުރުން ހެލީ އަކީ ލަވަކިޔުންތެރިއެއް ވެސް މެ އެވެ.