Last Updated: July 17, 15:06
Friday, July 17, 2026
ދުނިޔެ

ޖަޕާން ބިންހެލުމުގެ މަރުތައް 120 އިން މައްޗަށް

މިދިޔަ ހަފުތާގައި ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު 130 އާ ގާތްކޮށްފި އެވެ.

އެ ގައުމުގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ބުނީ މަރުވި މީހުންގެ އަދަދު މިހާރު 126 އަށް އަރާފައިވާ އިރު، އެ އަދަދު އަދިވެސް މައްޗަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި އުމުރުން ފަސް އަހަރުން ފެށިގެން 90 އަހަރާ ދެމެދުގެ މީހުން ހިމެނެ އެވެ.

ރިކްޓަ މިންގަނޑުން 7.9 ބާރުމިނުގައި މި މަހުގެ 1 އައި ބިންހެލުމުގައި ގިނަ އިމާރާތްތައް ވެއްޓި، މަގުތައް ވެސް ކަނޑައިގެން ގޮސްފައިވެ އެވެ. އަދި މި ބިންހެލުމާ ގުޅިގެން ސުނާމީ ވެސް އެރި އެވެ.

މީހުން ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދާ އިރު، ބިންހެލުމުގައި ޒަހަމްވި މީހުންގެ އަދަދު 500 އިން މައްޗަށް އަރަ އެވެ. އަދި އޭގެ ތެރެއިން 27 މީހެއްގެ ހާލު ވަރަށް ސީރިއަސް އެވެ. މީގެ އިތުރުން ބިންހެލުމުގައި 200 އެއްހާ މީހުން ވީނުވީއެއް ނޭނގި ގެއްލިގފައިވެ އެވެ.

މިއީ 2011 ގެ ފަހުން ޖަޕާނަށް އައި އެންމެ ބާރުގަދަ ބިންހެލުމެ އެވެ. އެ އަހަރުގެ މާޗް 11 ގައި އައި ބިންހެލުމާއި އެރި ސުނާމީގައި 20،000 އެއްހާ މީހުން މަރުވެފައިވެ އެވެ.