Last Updated: July 23, 13:11
Thursday, July 23, 2026
މުނިފޫހިފިލުވުން

"ގަޔާމަތު ސޭ ގަޔާމަތު ތަކް" ސިލްސިލާއަކަށް

ކަލާސް ޓީވީން "ގަޔާމަތު ސޭ ގަޔާމަތު ތަކް" ގެ ނަމުގައި އާ ސިލްސިލާއެެއް ގެނެސްދޭން ނިންމައި އޭގެ ޕްރޮމޯތަކެއް ވެސް ދައްކަން ފަށައިފި އެވެ.

މި މަހުގެ 29 ގައި ދައްކަން ފަށާ މި ސީރީޒްގެ ތަފާތު ޕްރޮމޯތަކެއް އަންނަނީ ދެކެމުންނެވެ. "ގަޔާމަތު ސޭ ގަޔާމަތު ތަކް" ގެ ލީޑުން ފަންނާނީ ކަރަމް އެސް ރާޖްޕަލް އާއި ޓުރްޕްތީ މިޝްރާ އެވެ.

"ގަޔާމަތު ސޭ ގަޔާމަތު ތަކް" މި ޓައިޓްލް އަކީ ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާން 1988 ގައި ބޮލީވުޑަށް ތައާރަފުވި ފިލްމުގެ ނަމެވެ. ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި މި އަސަރު ގަދަ ލޯބީގެ ފިލްމުގެ ބަތަލާ އަކީ ޖޫހީ ޗާވްލާ އެވެ.