މިއަދު ބޭއްވި 81 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގެ މޮޅު ފިލްމުގެ މަގާމު ޑައިރެކްޓަރު ކްރިސްޓޯފާ ނޯލަންގެ "އޯޕަންހީމާ" އަށް ލިބިއްޖެ އެވެ.
އެ ފިލްމު އުފުލައިލި އިތުރު އެވޯޑްތަކުގެ ތެރޭގައި ނޯލަން އަށް ލިބުނު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއި ޝިލިއަން މާފީ އަށް ލިބުނު އެންމެ މޮޅު އެކްޓަރުގެ އެވޯޑާއި އެމިލީ ބްލަންޓަށް ލިބުނު އެންމެ މޮޅު ސަޕޯޓިން ބަތަލާގެ އެވޯޑާއި ރޮބަޓް ޑައުނީ ޖޫނިއާ އަށް ލިބުނު އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑްގެ އިތުރުން އެންމެ މޮޅު ބެކް ސްކޯ އެވޯޑް ހިމެނެ އެވެ.
ބައޮގްރަފިކަލް ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "އޯޕަންހީމާ" އަކީ މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ފިލްމެވެ. ޖުމްލަ 100 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 954.7 މިލިއަން ޑޮލަރު ލިބުނެވެ.
"އޯޕަންހީމާ" އަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގައި މޭސްތިރިއެއްގެ ގޮތުގައި މަޝްހޫރުވި އެމެރިކާ ތިއަރެޓިކަލް ފިޒިސްޓް ޖޭ ރޮބަޓް އޯޕެންހީމާ އަށް ބިނާކޮށް ހެދި ފިލްމެކެވެ.
ގޯލްޑެން ގްލޯބްގެ އުސްއަލިތައް:
* މޮޅު މޯޝަން ޕިކްޗާ-މިއުޒިކަލް ކޮމެޑީ: ޕުއާ ތިންގްސް
* މޮޅު ބަތަލާ މޯޝަން ޕިކްޗާ-ޑްރާނާ: ލިލީ ގްލެޑްސްޓޯން (ކިލާސް އޮފް ދަ ފްލާވާ މޫން)
* މޮޅު ބަތަލާ މޯޝަން ޕިކްޗާ-މިއުޒިކަލް ކޮމެޑީ: އެމާ ސްޓޯން (ޕުއާ ތިންގްސް)
* މޮޅު އެކްޓަރު މޯޝަން ޕިކްޗާ-މިއުޒިކަލް ކޮމެޑީ: ޕޯލް ޖިއަމަޓީ (ދަ ހޯލްޑްއޯވާސް)
* މޮޅު ސަޕޯޓިން ބަތަލާ މޯޝަން ޕިކްޗާ: ޑަ ވީން ޖޯއި ރަންޑޯލްފް (ދަ ހޯލްޑްއޯވާސް)
* މޮޅު ސްކްރީންޕްލޭ-މޯޝަން ޕިކްޗާ: އެނަޓަމީ އޮފް އަ ފޯލް
* މޮޅު އެނިމޭޓެޑް ފިލްމު: ދަ ބޯއި އެންޑް ދަ ހެރޯން
* އެންމެ މޮޅު ބޭރު ފިލްމު: (އެނަޓަމީ އޮފް ދަ ފޯލް ފްރާންސް)
* އެންމެ މޮޅު ލަވަ: ވަޓް ވޯސް އައި މޭޑް ފޯ؟ (ބާބީ)
* އެންމެ މޮޅު ޓީވޫ ޑްރާމާ ސީރީޒް: ސަކްސެޝަން
* އެންމެ މޮޅު މިއުޒިކަލް/ކޮމެޑީ ސީރީޒް: ދަ ބެއާ