Last Updated: July 23, 13:11
Thursday, July 23, 2026
މުނިފޫހިފިލުވުން

އަޖޭގެ ފިލްމަށް ވާނީ

މިހާރު ޝޫޓިން ކުރިއަށްދާ އަޖޭ ދޭވްގަންގެ ފިލްމު "ރެއިޑް 2" ގެ ބަތަލާގެ ރޯލަށް ވާނީ ކަޕޫރް ސޮއިކޮށްފި އެވެ.

ރާޖްކުމާރު ގުޕްތާ ޑައިރެކްޓްކުރާ މި ފިލްމު ވާނީ އަޖޭއާ އެކީ ވާނީ ކުޅޭ ފުރަތަމަ ފިލްމަށެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ރަންބީރް ކަޕޫރްގެ "ޝަމްޝޭރާ" އެވެ. އުމުރުން މިހާރު 35 އަހަރުގެ ވާނީ ބޮލީވުޑަށް ނެރުނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ 2013 ގެ "ޝުދު ދޭސީ ރޮމޭންސް" އިންނެވެ.

އޭގެ ފަހުން ވާނީ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ބޭފިކްރޭ"، "ބެލް ބޮޓަމް"، "ވޯ" އަދި "ޗަންދީގަޅް ކަރޭ އާޝިގީ" ހިމެނެ އެވެ. ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ "ރެއިޑް 2" އަށް ވާނީ ސޮއިކުރި އިރު، އޭނަ އަންނަނީ ވައިއާރްއެފުން ހަދަމުން އަންނަ ސީރީޒް "މަންޑާލާ މާޑާސް" ގެ މަސައްކަތް ވެސް ކުރަމުންނެވެ.

"ރެއިޑް 2" އަކީ 2018 ގައި ރިލީޒްކުރި އަޖޭގެ "ރެއިޑް" ގެ ދެވަނަ ބައެވެ. އެ ފިލްމުގަި އޭނަގެ އަންހެނުންގެ ރޯލު ކުޅުނީ އިލިއާނާ ޑި ކްރޫޒެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

އިންކަމް ޓެކްސް އަށް މަކަރު ހަދާ މީހުންގެ ވާހަކަ ކިޔައިދޭ "ރެއިޑް 2" ސިނަމާތަކަށް އަންނާނީ މި އަހަރުގެ ޑިސެމްބަރު 15 ގަ އެވެ.