Last Updated: July 23, 13:11
Thursday, July 23, 2026
މުނިފޫހިފިލުވުން

ކަރަންގެ ޝޯ އަށް ޒީނަތު

ކަރަން ޖޯހަރްގެ ޗެޓް ޝޯ "ކޮފީ ވިތު" ކަރަންގެ ސީޒަން 8 ގެ ކުރިއަށް އޮތް އެޕިސޯޑްގައި ކުރީގެ މަޝްހޫރު ބަތަލާ ޒީނަތު އަމަން ބައިވެރިވެއްޖެ އެވެ.

އޭނައާ އަކީ ބަތަލާ ނީތޫ ސިންގް ވެސް މެހުމާނެއްގެ ގޮތުގައި މި އެޕިސޯޑްގައި ބައިވެރިވެ އެވެ. ނީތޫ އަކީ ކުރީގެ އެކްޓަރު ރިޝީ ކަޕޫރްގެ އަންހެނުން އަދި މިހާރުގެ މަޝްހޫރު އެކްޓަރު ރަންބީރް ކަޕޫރްގެ މަންމަ އެވެ. ހިންދީ ސިނަމާގައި 70 އަހަރުތަކުގެ ތެރޭގައި ވިދި ޒީނަތާއި ނީތޫ އެކީގައި ބައިވެރިވާ އެޕިސޯޑް ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ސްޓްރީމްކުރާނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ.

އިންސްޓަގްރާމްގައި މިހާރު ވަރަށް އެކްޓިވްކޮށް އުޅޭ އުމުރުން 72 އަހަރުގެ ޒީނަތަކީ މިހާރު ވެސް މަދުމަދުން ފިލްމުތަކުން ފެންނަ ބަތަލާއެކެވެ. އޭނަ މިހާރު އަންނަނީ "ބަން ޓިއްކީ" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭގެ ކާސްޓްގައި ޝަބާނާ އާޒްމީ އާއި އަބޭ ޑިއޯލް ވެސް ހިމެނެ އެވެ.

ނީތޫ، 65، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޖުގް ޖުގް ޖިއޯ" އެވެ. އޭނަ މިހާރު އަންނަނީ "ލެޓާސް ޓު ކަންނާ" ކޮޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.