Last Updated: July 23, 12:04
Thursday, July 23, 2026
މުނިފޫހިފިލުވުން

"ދެވާރާ" ގެ ޓީޒާއެއް ދައްކާލައިފި

މި އަހަރުގެ އެޕްރީލް މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ދެވާރާ" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

އިންޑިއާގައި ވާހަކަ ދައްކައި އުޅޭ މައިގަނޑު ހުރިހާ ބަހަކުން ގެނެސްދޭން ނިންމާފައިވާ މި ފިލްމަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އާރްއާރްއާރް" ގެ ބަތަލު އެންޓީއާރް ޖޫނިއާގެ ފިލްމެކެވެ. އެ ފިލްމަށް ފަހު އޭނަ ބެލުންތެދިންނާ ބައްދަލުކުރާ ފުރަތަމަ ފިލްމުގެ ގޮތުގައި "ދެވާރާ" ސިނަމާތަކަށް އަންނާނީ އެޕްރީލް 5 ގަ އެވެ.

މީގެ ބަތަލާ އަކީ ބޮލީވުޑްގެ ތަރި ޖާންވީ ކަޕޫރެވެ. އަދި "ދެވާރާ" ގެ ވިލަން އަކީ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާނެވެ.

މި އެކްޝަން ޑްރާމާ ފިލްމު ދެ ބަޔަކަށް ގެނެސްދޭން ނިންމާފައިވާ އިރު، މި ލިޔެ، ޑައިރެކްޓްކުރީ ކޮރަޓާލާ ސިވާ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މަޝްހޫރު ތެލެގޫ އެކްޓަރު ޗިރަންޖީވީއާ އެކީ މިދިޔަ އަހަރު ގެނެސްދިން "އަޗާރިއާ" އެވެ.