Last Updated: June 8, 06:42
Monday, June 8, 2026
ޚަބަރު

ރާއްޖޭގެ ހައްޖު ކޯޓާ 2،000 އަށް

ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން އިތުރު 1،000 ކޯޓާ ހަމަޖައްސައި ދިނުމާ އެކު، ރާއްޖޭގެ ހައްޖު ކޯޓާ ޖުމްލަ 2،000 އަރައިފި އެވެ.

ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާލް ސައުދުގެ ދައުވަތަކަށް އެ ގައުމަށް ރައީސް އަބްދުﷲ ޔާމީން ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު މާލެ ވަޑައިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ ހައްޖަށް މީހުން ގެންދިއުމަށް މިހާރު ދީފައިވާ 1،000 ކޯޓާގެ އިތުރުން 1،000 ކޯޓާ ސައޫދީ ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ.

ޝަހީމް ވިދާޅުވިގޮތުގައި ޖުމްލަ 2،000 ކޯޓާ ހަމަޖެހުނީ ރައީސް ޔާމީންގެ ދަތުރުފުޅުގެ ސަބަބުން ކަމަށެވެ.

"އެއްވެސް ގައުމަކަށް ނުދެއްވާ ވަރުގެ އިނާޔަތެއް ހަގީގަތުގައި މިކަމުގައި ލިބިގެން މި ދިޔައީ،" ޝަހީމް ވިދާޅުވި އެވެ.

އަދި މިއާ ރާއްޖެ އާއި ސައުދީ އާ ދެމެދު އޮންނަ ގާތް އަހުވަންތަ ގުޅުމުގެ ސަބަބުން ފަހިވެގެން ދިޔަ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.

0_1426940418imageac9566f622b7764e5fc8e29a2fd78fbe9557e0c083dceca5ee156a27f43e30efv_news

މިނިސްޓަރު ވިދާޅުވީ އަދި ރައީސް ޔާމީން ސައޫދީ އަށް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށާއި ރާއްޖެ އަށް އެހީތެރިކަން ބޭނުންވާ އެކި ދާއިރާތަކުގެ ވާހަކަ ރަސްގެފާނު ސަލްމާނަށް ދެންނެވި ކަމަށެވެ.