Last Updated: July 23, 12:04
Thursday, July 23, 2026
މުނިފޫހިފިލުވުން

ބިޕާޝާގެ ޕޯސްޓްތަކަށް "ރާއްޖެ ބޮއިކޮޓް"

ބޮލީވުޑްގެ ކުރީގެ ބަތަލާ ބިޕާޝާ ބާސޫ 47 ވަނަ އުފަން ދުވަސް ފާހަގަކުރަން ރާއްޖެ އަށް ކުރި ދަތުރުގެ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓްގްރާމްގައި ޕޯސްޓްކުރުމުން ގިނަ ބަޔަކު ކޮމެންޓްތަކުގައި ރާއްޖެ ބޮއިކޮޓް ކުރަން ގޮވާލައިފި އެވެ.

ބިޕާޝާގެ ބައެއް ޕޯސްޓްތަކުގައި ބައެއް މީހުން ބުނެފައި ވަނީ މުޅި އިންޑިއާ މިހާރު ރާއްޖެ ބޮއިކޮޓް ކުރަން ގޮވާ އިރު، އޭނަ ލަދެއް ހަޔާތެއް ނެތި ރާއްޖެ ޕްރޮމޯޓްކުރަނީ ކަމަށެވެ.

ބިޕާޝާގެ މި ފަހަރުގެ ދަތުރަކީ އޭނަ ރާއްޖެ އަށް ކުރި 12 ވަނަ ދަތުރެވެ. މި ދަރުރުގައި އޭނަގެ ފިރިމީހާ އެކްޓަރު ކަރަން ސިންގް ގްރޯވާ އާއި ދަރިފުޅު ދޭވީ ވެސް ބައިވެރިވި އެވެ. މި ދަތުރުގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލާއި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދުގެ އިތުރުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ފާތުމަތު ތައުފީގު ބިޕާޝާގެ ދެމަފިރިންނާ މި މަހުގެ 4 ގައި ބައްދަލު ވެސް ކުރި އެވެ.

އަދި ދެ މީހުންނަށް ރާއްޖޭގެ ފަރާތުން ހަނދާނީ ހަދިޔާއެއް ވެސް ދީފައިވެ އެވެ.

ބިޕާޝާގެ އުފަން ދުވަސް މި ފަހަރު ރާއްޖޭގައި ފާހަގަކުރި އިރު، އޭނަގެ ދަރިފުޅުގެ ފުރަތަމަ އުފަން ދުވަސް މިދިޔަ ނޮވެމްބަރުގައި ފާހަގަކުރީ ވެސް ރާއްޖޭގަ އެވެ.