Last Updated: May 2, 18:04
Thursday, May 2, 2024
ޚަބަރު

ހައްޖާއި އުމްރާގެ މައުރަޒުގައި ޝަހީމް ބައިވެރިވެއްޖެ

ހައްޖާއި އުމްރާގެ ހިދުމަތުގެ މައުރަޒު އަދި ކޮންފަރެންސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މި ކޮންފަރެންސްގައި ހައްޖުވެރިންގެ ހިދުމަތްތަކާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން ހައްޖު ދަތުރުތަކުގެ ފެންވަރު ރަނގަޅުކޮށް ޒިޔާރަތްކުރާ މީހުންގެ ދީނީ އަދި ސަގާފީ ތަޖުރިބާތައް މުއްސަނދި ކުރުމުގެ އަމާޒު ހިމަނާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިކޮންފަރެންސްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބުން ކަމަށްވާ އަލީ އަހްސަނާއި، އައްޝައިޚް އުސާމް މުހައްމަދު ސައީދުގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލްވެސް ބައިވެރިވެޑައިގެންފައިވެއެވެ.