Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު

ރައީސް ޗައިނާގެ ބައެއް ތަންތަނަށް ޒިޔާރާތްކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

ރައިސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ހޮންގދޮންގ ފިޝަރީ ކޯޕަރޭޝަނަށް އަދި ފޫޖިއާންގެ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ވަނީ ޗައިނާގެ ފޫޖިއާންގެ ދާރުލްއާސާރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

މިޒިޔާރަތުގައި ރައީސްގެ ދެކަނބަލުންވަނީ ޗައިނާގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ބައެއް އާސާރީ ތަކެތި ބައްލަވާލައްވާފައެވެ. އަދި އެ ދާރުލްއާސާރުގެ މުހިންމުކަމާ ގުޅޭގޮތުން އެތަނުގެ އިސްވެރިން މައުލޫމާތު ދެއްވާފައިވެއެވެ.

މީގެއިތުރުން ހޮންގދޮންގ ފިޝަރީ ކޯޕަރޭޝަނަށް ޒިޔާރާތް ކުރައްވާ އެކުންފުނީގެ މަސައްކަތްތަކާގުޅޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ބައްލަވާލައްވާފައިވެއެވެ. އަދި ރައީސްގެ ދެކަނބަލުންނަށާއި، އަރިހުގައި ވަޑައިގެންނެވި ދިވެހި ސަރުކާރުގެ ވަފުދުގެ ބޭފުޅުންނަށް އެކުންފުނީގެ މަސައްކަތްތަކާއި އުފެއްދުންތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވިއެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ސަރުކާރުގެ ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.