Last Updated: June 14, 05:16
Sunday, June 14, 2026
ޚަބަރު

އެމްޕީއެލްގެ ޗެއާޕާސަނަކަށް އަންހެން ބޭފުޅެއް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗެއާޕާސަންގެ މަގާމަށް އައިމިނަތު ހަމީދު އައްޔަންކޮށްފި އެވެ.

މިއީ އެމްޕީއެލްގެ ތާރީހުގައި ވެސް އަންހެން ޗެއާޕާސަނަކަށް އަންހެން ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.

އައިމިނަތަކީ މީގެ ކުރިން ރީޖަނަލް އެއާޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާއި، އެސިސްޓަންޓް ޑިރެކްޓަރުގެ މަގާމުގެ އިތުރުން އަންޑަ ސެކްރެޓަރީގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ތިލަފުށީ ކޯޕަރޭޝަންގެ ބޯޑް މެމްބަރުކަން ވެސް ކުރައްވާފައިވެ އެވެ.

އައިމިނަތަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އީސްޓް ލަންޑަން އިން އެކައުންޓިން އަދި ފައިނޭންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވައި، އޮސްޓްރޭލިއާގެ ޗާލްސް ސްޓާޓް ޔުނިވަސިޓީ ން މާސްޓަސް އޮފް ބިސްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެވެ.