Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

އައްޑޫގެ އައްސޭރި ޓޫރިޒަމަށް ކޮންސަލްޓަންޓަކު ހޯދަނީ

ރާއްޖޭ ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް - ފޮޓޯ: މުހައްމަދު ވަހީދު

އައްޑޫގައި އައްސޭރި ޓޫރިޒަމް ތަރައްގީ ކުރަން ހަމަޖެހިފައިވާތީ އެކަމާ ގުޅޭ ޕްލޭން ތައްޔާރުކޮށް ދޭނެ ކޮންސަލްޓަންޓަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ "އައްޑޫ އައްސޭރި ޑިވެލޮޕްމަންޓް ޕްލޭން" ތައްޔާރުކޮށް ދޭން ޝައުގުވެރިވާ ކޮންސަލްޓަންޓުންނަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު ޓޫރިޒަމް މިނިސްޓްރީގެ މި މެއިލް [email protected] މެދުވެރިކޮށް ހޯދޭނެ އެވެ.

މިނިސްޓްރީން ބުނީ މި ބީލަން ހާއްސަކޮށްފައި ވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް ކަމަށެވެ. އަދި ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް ބީލަމެވެ.