މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފްގެ "ބަޅޭ މިޔާ، ޗޯޓޭ މިޔާ" އަކީ ހަތަރު ގައުމެއްގެ 15 ސިޓީއެއްގައި ޝޫޓްކޮށްފައިވާ ފިލްމެއް ކަމަށާއި މިއީ ވަރަށް ހިތްގައިމު ފިިލްމަކަށްވާނެކަމުގެ ޔަގީންކަން އޭގެ ޓީމުން ދީފި އެވެ.
އަލީ އައްބާސް ޒަފަރު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމު އުފެއްދި ޕޫޖާ އެންޓަޓައިންމަންޓުން އާންމުކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ ފިލްމުގެ ޓީޒާ ބެލުންތެރިންނަށް ދައްކައިލަން މިހާރު ތައްޔާރުވަމުން އަންނަ ޖަމަށެވެ. އެގޮތުން "ބަޅޭ މިޔާ، ޗޯޓޭ މިޔާ" އަކީ ހަތަރު ގައުމެއްގެ 15 ސިޓީއެއްގެ ހިތްގައިމު މަންޒަރުތަކާ އެކީ ވަރުގަދަ އެކްޝަންތަކެއް ދައްކުވައި ދޭނެ ފިލްމެއް ކަމަށް ބުންޏެވެ.
#BMCMTeaser – Get ready for a crazy ride with mind-blowing visuals and jaw-dropping action choreography… The film has been shot in 4 different countries and 15 world cities. @akshaykumar @iTIGERSHROFF @PrithviOfficial @aliabbaszafar @jackkybhagnani @honeybhagnani @AAZFILMZ pic.twitter.com/TDa8YhfaIz
— $unny (@Sunny200031) January 9, 2024
ނަމަވެސް ޓީޒާ އާންމުކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ކާސްޓްގައި އަލާޔާ ފަރްނީޗަރްވާލާ އާއި މަނޫޝީ ޗިލާރާއި ސޮނާކްޝީ ސިންހާގެ އިތުރުން މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަރަން ވިލަންގެ ރޯލު ކުޅެފައިވާ "ބަޅޭ މިޔާ، ޗޯޓޭ މިޔާ" ސިނަމާތަކަށް ދޫކޮށްލަން ތާވަލުކޮށްފައި ވަނީ މި އަހަރުގެ ފިތުރު އީދާ ދިމާކޮށް އެޕްރީލް 10 ގަ އެވެ.
މީގެ ޑައިރެކްޓަރު އަލީ އަކީ މިހާތަނަށް ވަރަށް ކާމިޔާބު ފިލްމުތަކެއް ފެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި "ސުލްތާން، "ޓައިގާ ޒިންދާ ހޭ" އަދި "ބާރަތު" ހިމެނެ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ޝާހިދު ކަޕޫރާ އެކީ ގެނެސްދިން އެކްޝަން ތުރިލާ "ބްލަޑީ ޑެޑީ" އެވެ.
"ބަޅޭ މިޔާ، ޗޯޓޭ މިޔާ" އަކީ އަލީއާ އެކީ އަކްޝޭ އާއި ޓައިގާ ވެސް މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. އަދި މިއީ އަކްޝޭ އާއި ޓައިގާ އެކީގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރު ވެސް މެ އެވެ.