ފޭކު ޑޮލަރުތަކާ އެކީ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަަލައިގައި ހައްޔަރުކުރީ އުމުރުން 57 އަހަރުގެ ދިވެހި ފިިރިހެނެއް ކަމަށާއި އޭނަ ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހައި ދީފައިވާ ކަމަށެވެ. .
ކޯޓަށް ފުލުހުން ހެކީގެ ގޮތުގައި އެ މީހާ ގެންގުޅުނު ޑޮލަރުތަކުގެ ފޮޓޯތައް ވެސް ހުށަހެޅި އެވެ. ނަމަވެސް ޑޮލަރު ގެންގުޅުނު މީހާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އޭނަ ބުނެފައި ވަނީ އެ ޑޮލަރުތަަކަކީ މަގުމަތިން ފެނުނު ކޮތަޅެއްގެ ތެރޭގައި ހުރި ޑޮލަރުތަކެއް ކަމަށެވެ.
ފަހަކަށް އައިސް ރާއްޖޭގައި ފޭކް ޑޮލަރު ގެންގުޅޭ މައްސަލަ ފާހަގަކުރެވިފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ) އިން އިލްތިމާސްކޮށްފައިވެ އެވެ.