Last Updated: July 23, 12:04
Thursday, July 23, 2026
މުނިފޫހިފިލުވުން

އެކްޓަރު އެޑަން ކާންޓޯ މަރުވެއްޖެ

"އެކްސް މެން: ޑޭސް އޮފް ޕާސްޓް ފިއުޗާ" އާއި "ބްރޫޒްޑް" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ހޮލީވުޑްގެ އެކްޓަރު އެޑަން ކާންޓޯ މަރުވެއްޖެ އެވެ.

މެކްސިކޯ އަށް އުފަން 42 އަހަރުގެ އެކްޓަރު މަރުވީ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

އޭނަގެ މަރާ ގުޅިގެން ހޮލީވުޑްގެ އެކި މީސްމީހުން ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށްފައިވެ އެވެ. އެޑަން މަރުވި އިިރު އަންބަކާއި ދެ ކުދިން ދުނިޔޭގައި އެބަތިއްބެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "އެޖެންޓް ގޭމް" އެވެ. އެޑަމް ސިލްސިލާތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްޗަކީ އޭބީސީ ނެޓްވޯކުން ތިން ސީޒަނަކަށް ގެނެސްދިން "ޑެޒިގްނޭޓެޑް ސަވައިވާ" އެވެ. އެޑަން އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ ފޮކްސް ނެޓްވޯކްގެ 2022 ގެ "ދަ ކްލީނިން ލޭޑީ" އެވެ.