Last Updated: May 2, 12:03
Thursday, May 2, 2024
ޚަބަރު

މަޖިލިސް އިންތިހާބަށް މި މަހު 30 ގައި ހުޅުވާލަނީ

ވޯޓު ގުނުމުގެ މަސައްކަތް ކުރަމުން ގެންދަނީ: ފޮޓޯ / ހަތާވީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ޖެނުއަރީ 30 ވަނަ ދުވަހު ހުޅުވާލުމަށް ނިންމާފައިވާކަން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް އެކްސްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް، ފުރުސަތު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ތާވަލް ކޮށްފައިވަނީ 2024 ޖެނުއަރީ 30 އިން ފެބުރުއަރީ 14 ގެ ނިޔަލަށް ކަމަށެވެ.

މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައި ވަނީ މާޗް މަހުގެ 17 ގައެވެ. ރޯދަ މަހު އިންތިހާބު ބާއްވާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެކަމާ ގުޅިގެން އީސީގެ ރައީސް ފުވާދް ތައުފީގް ވިދާޅުވީ ރޯދަ މަހުގެ ކުރިން އިންތިހާބު ބޭއްވުމަށް ޤާނޫނީ ހުރަސްތަކެއް ހުރި ކަމަށެވެ. އަދި ރޯދަ މަހުގެ ފަހުން އިންތިހާބު ބޭއްވުމަށް ދަތިވަނީ، ސްކޫލުތައް ލިބުމުގައި ދަތިތަކާ ކުރިމަތިވާތީ ކަމަށެވެ.

މިފަހަރުގެ އިންތިހާބުގައި 284،327 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

މަޖިލީހުގެ 20 ވަނަ ދައުރަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ.