Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

މުދަލު ޒަކާތުގެ ނިސާބު ދަށްވެއްޖެ

މުދަލު ޒަކާތުގެ ނިސާބު ކުޑަކޮށް ދަށްވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިހާރު މުދަލު ޒަކާތުގެ ނިސާބުގެ ނިސްބަތަކީ 7،140ރ. ކަމަށެވެ. އެހެންވެ ދެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރެން ޖެހޭނީ މިހާރު ކަނޑައެޅިފައި އޮތް މިންވަރެވެ.

މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން މުދަލު ޒަކާތުގެ ނިސާބަށް ބަދަލު އަ އެވެ. އެގޮތުން މެއި މަހު ނިސާބަށް ކަނޑައެޅު މިންވަަރަކީ 7،312.55ރ. އެވެ.

ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 40 ބައިކުޅަ އެއްބައި ނުވަތަ 2.5 ޕަސެންޓް މުދަލު ޒަކާތުގެ ގޮތުގައި ނެރުމަކީ ވާޖިބެކެވެ.

ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ.