Last Updated: July 23, 10:58
Thursday, July 23, 2026
މުނިފޫހިފިލުވުން

ޕްރަބާސް އާއި ދީޕިކާގެ ފިލްމު މެއި މަހު

އިންޑިއާގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޕްރަބާސް އާއި ދީޕިކާ ޕަދްކޯން އެކީގައި ކުޅެފައިވާ ފިލްމު "ކަލްކީ 2898 އޭޑީ" މި އަހަރުގެ މެއި 9 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލާ ތާރީހު މިއަދު އިއުލާންކުރީ ފިލްމު އާ ޕޯސްޓަރަކާ ވެސް އެކީގަ އެވެ. އޭގައި ހިމެނެނީ ޕްރަބާސް އެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޓީޒާއެއް ވެސް ދައްކައިލި "ކަލްކީ" އަކީ އިންޑިއާގެ ސިނަމާ އަށް މި އަހަރު އަންނާނެ އެންމެ ތަފާތު ފިލްމަށް ވާނެ އެވެ.

ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ވެސް ކުރަމުން އަންނަ ފިލްމުގެ ޑައިރެކްޓަރަކީ ހުނަރުވެރި ތެލެގޫ ޑައިރެކްޓަރު ޑައިރެކްޓަރު ނާގު އަޝްވިން އެވެ. އޭނަ ލިޔެ، ޑައިރެކްޓްކޮށް ސައިންސް ފިކްޝަންއެއްގެ ގޮތުގައި ގެނެސްދޭ "ކަލްކީ" ގެ ކާސްޓްގައި ކަމަލް ހަސަނާއި އަމީތާބް ބައްޗަންގެ އިތުރުން ޑިޝާ ޕަޓާނީ ވެސް ހިމެނެ އެވެ.

މި ފިލްމު ހަދާފައި ވަނީ 600 ކްރޯޑް ރުޕީސް (72.4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

"ކަލްކީ" މި އަހަރު ބެލުންތެރިންނާ ހަމައަށް އަންނާނެ ދީޕިކާގެ ދެވަނަ ފިލްމެވެ. އޭނަ އަލަށް ރިތިކް ރޯޝަނާ އެކީ ކުޅުނު އޭރިއަލް އެކްޝަން ތުރިލާ "ފައިޓާ" މި މަހުގެ 25 ގައި ސިނަމާތަކަށް އަންނާނެ އެވެ. "ބާހްބަލީ" ކުޅެގެން މަޝްހޫރުވި ޕްރަބާސްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި އެކްޝަން ތުރިލާ "ސަލާރް" އެވެ.