Last Updated: June 13, 11:58
Saturday, June 13, 2026
ޚަބަރު

އައްޑޫ ސްޓޭޑިއަމް މަރާމާތު ކުރަން ހަވާލުކޮށްފި

ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އައްޑޫ ސްޓޭޑިއަމް މަރާމާތު ކުރަން ސްޕޯޓްސް މިނިސްޓްރީން ބަޔަލާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް އިއްޔެ މިނިސްޓްރީން އިއްޔެ ހަވާލުކޮށްފައި ވަނީ އައްޑޫގެ ކުންފުންޏެއް ކަމަށްވާ ނޫރައްދީން އިންވެސްޓްމަންންޓާ އެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް މިނިސްޓްރީން ހާމައެއްނުކުރެ އެވެ.

ހިތަދޫގައި އޮންނަ އައްޑޫ ސްޓޭޑިއަމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތާ ގިނަ ދުވަސްތަކެއް ފަހުން އެތަން މަރާމާރުކުރަން ހަވާކުކުރި އިރު، އެކަންކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށްލީ މިދިޔަ މަހުގެ ކުރީކޮޅު އެވެ.

އައްޑޫގައި ބޮޑެތި ކުޅިވަރު މުބާރާތް ބާއްވަމުން އަންނަ ސްޓޭޑިއަމްގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ، އެތަނުގެ މިހާރުގެ ހާލަތުގެ ވާހަކަ 2022 ވަނަ އަހަރުގެ ފަހުކޮޅު ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު ފޮޓޯތަކަކާ ވެސް އެކީ ފޭސްބުކްގައި ހިއްސާކުރައްވައި އެތަނުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުރައްވާފައިވެ އެވެ.

އައްޑޫ ސްޓޭޑިއަމްގައި މިހާރު ވެސް އަންނަނީ ބޮޑު ދެ ކުޅިވަރު އިވެންޓެއް ބާއްވަން ތައްޔާރުވަމުންނެވެ. އެއީ އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ އިންޓަ-ސްކޫލް އެތުލެޓިކްސް މުބާރާތާއި އެޕްރީލް މަހު ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" އެވެ.