Last Updated: July 22, 14:09
Wednesday, July 22, 2026
ޚަބަރު

އޮޑިޓަ ޖެނެރަލް އޮފީހުގެ ފޭސްބުކް ޕޭޖު ހެކްކޮށްފި

އޮޑިޓަރ ޖެނެރަލް އޮފީހުގެ ރަސްމީ ފޭސްބުކް އެކައުންޓު ހެކްކޮށްފިއެވެ.

އެ އޮފީހުގެ ރަސްމީ ފޭސްބުކް އެކައުންޓު ހެކްކޮށްފައިވާއިރު، އެ ޕޭޖަށް ވަނީ އޮންލައިން ޓްރޭޑް ކުރުމާއި ގުޅޭ ވީޑިއޯ ލާފައެވެ. އެ ޕޭޖަށް މި ވީޑިއޯއެއް ލާފައި ވަނީ މިރޭ 7:51 ހާއިރު އެވެ.


މިކަމާއި ގުޅޭގޮތުން އޭޖީ އޮފީހުން ވިދާޅުވީ މިކަން ހައްލު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ ދުވަސްކޮޅެއް ކުރީން ރާއްޖޭގެ ސަރުކާރުގެ ބައެއް ސަރުކާރު ވެބްސައިޓުތަކަށް ވަނީ ހަމަލާދީފައެވެ. މީގެ އިތުރުން ޖުވަނައިލް ޖަސްޓިސް އޮފީހުގެ ވެބްސައިޓު ދުވަސްކޮޅެއް ކުރިން ވަނީ ޑައުންކޮށްފައެވެ.