Last Updated: May 2, 19:20
Thursday, May 2, 2024
ޚަބަރު

ޝީން އިިން އޯޑަރުތައް ނުލިބޭ މައްސަލަ ބޮޑުވެއްޖެ!

ޝީން އިން ރާއްޖެއަށް ގެންނަ އޯޑަރުތައް ނުލިބޭ މައްސަލަ ބޮޑު އާންމު ބައެއް ފަރާތްތަކުން ޝަކުވާ ކުރަން ފަށައިފިއެވެ.

ރާއްޖެއަށް މިފަހުން ޗައިނާ ޝީން ވެބްސައިޓު މެދުވެރިކޮށް ކުރާ އޯޑަރުތައް ފޮނުވަނީ "ޑިޕެކްސް" ކިޔާ ބައެއް މެދުވެރި ވެގެންނެވެ. އެ އޯޑަރުތަކުގެ ޕެކޭޖުތައް ރާއްޖެ އައުމަށް ފަހު ޑެލިވާވެއްޖެ ކަމަށް ޓްރެކިންގް އިން ދެއްކިނަމަވެސް، އެ ޕެކޭޖުތައް ނުލިބޭ ކަމަށް "އައްޑޫލައިވް" އާއި މައުލޫމާތު ހިއްސާ ކުރި މީހެއް ބުންޏެއެވެ. އެގޮތުން އައްޑޫލައިވްއާއި މައުލޫމާތު ހިއްސާ ކުރި ފަރާތެއް ބުނި ގޮތުގައި އޭޖެންޓުގެ ނަންބަރު ހޯދައިގެން ތަކުރާރުކޮށް ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ނުދެއެވެ.

އޭޖެންޓުގެ ގުދަނުގެ ތެރެއިން އާންމު ފަރާތެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯޭއް / ފޮޓޯ: ސޯޝަލް މީޑިއާ

މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން އޭޖެންޓުގެ ގުދަނައް ވެސް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެތަނަށް ގޮސްގެންވެސް އެ މީހެއްގެ ޕެކޭޖު ނުފެންނަ ކަމަށާއި، އެއްވެސް ތަރުތީބެއް ނެތި އުކާލާފައި ހުރުމުން ވާއެއް ނުވާއެއް ނޭނގޭ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި އެތަނުގައި ތިބި މުވައްޒަފުންނަށް ވެސް އެ ޕެކޭޖު ހޯދަން ނޭނގޭ ކަމަށް އެ ފަރާތުން ބުނިއެވެ.

މީގެ އިތުރުން ޕެކޭޖުތައް ލިބުމުގައި އެތަށް ދުވަހެއް ލަސްވެގެންދާއިރު، އެތަނުގެ ގުދަނުގައި ހުރި ޕެކޭޖުތައް ގެންގުޅެނީވެސް ޕެކޭޖުތައް ގެއްލުންވާ ގޮތަށް ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހިއްސާ ކުރެއެވެ.

މިކަމާއި ގުޅިގެން އޭޖެންޓުގެ މައްސަލަ ބައެއް ފަރާތްކުން ޝީންއަށް ވެސް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.