Last Updated: June 13, 11:58
Saturday, June 13, 2026
ޚަބަރު

ކޯޓަށް ދާން ސައިކަލެއް ވަގަށް ނެގުމުން ބަންދަށް!

މައްސަލަަކާ ގުޅިގެން އަވަހަށް ޑްގަރް ކޯޓަށް ދިއުމަށްޓަކައި ސައިކަލެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފި އެވެ.

އެ މައްސަލާގައި 15 ދުވަހަށް ބަންދުކުރީ އުތުރުގެ ރަށަކަށް ނިސްބަތްވާ 31 އަހަރުގެ ފިރިހެނެކެވެ.

އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހަކީ މާލޭން އުތުރުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. ފުލުހުން އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ސައިކަލު ވަގަށް ނެގި ކަމަށް އިއުތިރާފުވެ ބުނެފައި ވަނީ ސައިކަލެއް ވަގަށް ނަގަށް ޖެހުނީ އަވަހަށް ކޯޓަށް ދާންވެގެން ކަމަށެވެ.

ބަންދު މަޖިލީހުގައި އެ މީހާ ބުނީ ސައިކަލު ވަގަށް ނެގީ ޑްރަގް ކޯޓަށް އަވަހަށް ހާޒިރުވާން ޖެހިފައި އޮތުމުން ކަމަށެވެ. އޭނަ ޑްރަގް ކޯޓަށް ހާޒިރުވާން އޮތީ ފަރުވާއާ ގުޅޭ ކަމެއްގަ އެވެ.

ކޯޓަށް ދާން ސައިކަލް ވަގަށް ނެގި މައްސަލައިގައި ފުލުހުން ވަނީ އޭނަގެ މައްޗަށް ވައްކަމުގެ ތުހުމަތުކޮށްފަ އެވެ.